سورة البينة ގެ ތަފްސީރު 3
![](https://dhisalafiyyah.net/wp-content/uploads/2016/11/bayyinah.jpg)
﴿فِيهَا كُتُبٌ قَيِّمَةٌ ﴾ މާނައީ: “ސީދާވެގެންވާ ޙުކުމްތައް، އެ ފަތްފުށްތަކުގައި ވެއެވެ.” އެބަހީ: މިފަތްފުށްތަކުގައި އަގުހުރި ވާހަކަތަކެއް ﷲ ތަޢާލާ ބަޔާންކުރައްވާފައިވެއެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި މީހަކު ޤުރުއާން ހުޅުވައިގެން ކިޔައިފިނަމަ އޭނާއަށް އޭގައި އަގުހުރި ވާހަކަތެއް ވާކަން ފެންނާނެއެވެ. ކީރިތި ޤުރުއާނުގައި އައިސްފައިވާ ތައުޙީދާ ގުޅުންހުރި ވާހަކަތަކާއި އެއިލާހާމެދު ވަޙީކުރައްވާފައިވާ ޙަމްދުޘަނާއާއި ތަސްބީޙައިން ފުރިގެންވާތަން ތިބާއަށް ފެންނާނެއެވެ. ކީރިތި ޤުރުއާނުގައި ނަބިއްޔާ صلى الله عليه وسلّم އާއި އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންކަމުގައިވާ މުހާޖިރުންނާއި […]