سورة الضحى ގެ ތަފްސީރު 8

وَوَجَدَكَ ضَالًّا فَهَدَىٰ އާ ގުޅިފައިވަނީ މިއާޔަތެވެ. ﴿وَأَمَّا السَّائِلَ فَلَا تَنْهَرْ﴾ މާނައީ: :” އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ! “ ކަމަކަށް އެދި އަންނަ މީހުންގެ ތެރެއަށް އެންމެ ފުރަތަމައިނުންވެސް ވަންނާނެ މީހުންނީ، ޝަރީޢަތާއި ޢިލްމާމެދު ސުވާލުކުރާ މީހާއެވެ. އެމީހާއަށް އަޑުލައި ނުހައްދަވާށެވެ. އެހެނީ ހަމަކަށަވަރުން ކަލޭގެފާނުން ކުރެ މީހަކު ޝަރީޢަތާއި މެދު ސުވާލުކޮށްފިނަމަ ޖަވާބު ދިނުން ވަނީ ކަލޭގެފާނަށް ވާޖިބު ކުރެވިގެންނެވެ. އަންނަނިވި އާޔަތުގައިވާ ފަދައިންނެވެ. […]