سورة التكاثر ގެ ތަފްސީރު 4
ދެން އެއަށްފަހު ވަޙީކުރެއްވިއެވެ. لَتَرَوُنَّ الْجَحِيمَ ﴿٦﴾ ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ ﴿٧﴾ މާނައީ: ” ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ. [6] ދެންހަމަ ޔަޤީންކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ. [7] “ ﴿لَتَرَوُنَّ﴾ މިއީ މުޅިން އާ ޖުމުލައެކެވެ. އަދި މިއީ އިސްވެ ބަޔާންކުރެވުނު ﴿ لَوْ ﴾ ގެ ޖަވާބެއް ނޫނެވެ. އެހެންކަމުން ޤުރުއާންކިޔަވާ މީހާއާށް ވާޖިބުވެގެންވަނީ ﴿كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ﴾ ކިޔުމަށްފަހު ވަޤުފުކުރުމެވެ. (އެބަހީ: ހުއްޓުމެވެ.) ނަމަވެސް […]