ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 3
ޤަވާޢިދު: الشَّيْءُ إِنَّـمَا يُنْسَخُ بِـمِثْلِهِ أَوْ بِأَقْوَى مِنْهُ މި ޤަވާޢިދުގެ ތަރުޖަމާ: {އެއްޗެއް ނަސްޚުކުރެވޭނީ އެއާ އެއްފަދަ ނުވަތަ އެއަށްވުރެ ވަރުގަދަ އެއްޗަކުން} މި ޤަވާޢިދުގެ މުރާދު: ބާރުގަދަކަމުގެ ގޮތުން ނަސްޚުކުރެވޭ އެއްޗާއި އެއްފަދަ ނުވަތަ އެއަށްވުރެ ވަރުގަދަ އެއްޗަކުން ނަސްޚުކުރެވުމުން މެނުވީ، ނަސްޚު ޞައްޙައެއް ނުވާނެއެވެ. އެހެން ޢިބާރާތަކުންނަމަ، ނަސްޚުކުރެވޭ އެއްޗަކީ ނަސްޚުކުރާ އެއްޗާއި ބާރުގަދަކަމުގެ ގޮތުން އެއްފަދަ ނުވަތަ އެއަށްވުރެ ދެރަ އެއްޗެއްކަމުގައި ނުވާނަމަ، އެ ނަސްޚު ޞައްޙައެއް ނުވާނެއެވެ. އެގޮތުން، […]