ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 4
ޤަވާޢިދު: نَسْخُ القُرْآنِ بِالقُرْآنِ جَائِزٌ މި ޤަވާޢިދުގެ ތަރުޖަމާ: {ޤުރުއާނުން ޤުރުއާން ނަސްޚުވުން ޖާއިޒު} މި ޤަވާޢިދުގެ މުރާދު: ޤުރުއާނުން ޤުރުއާން ނަސްޚުކުރެވުމީ ޝަރުޢީގޮތުން ޖާއިޒު (ވެދާނެ) ކަމެކެވެ. އަދި ވެދާނެކަމަށް ބުއްދީގެގޮތުން ޤަބޫލުކުރެވޭ ކަމެކެވެ. މި ކަމާ މެދު ޢިލްމުވެރިން ވަނީ އިޖުމާޢުވެވަޑައިގެންފައެވެ. ނަސްޚުކުރެވޭއިރު، އާޔަތުގެ ލަފްޒާއި (އެބަހީ، ޢިބާރާތްކޮޅާއި) އޭގެ ޙުކުމް ވެސް ނަސްޚުވެދާނެއެވެ. ފަހަރުގައި، އާޔަތުގެ ލަފްޒު ނަސްޚުވެފައި، ޙުކުމް ނަސްޚުނުވެ ވެސް އޮވެދާނެއެވެ. އަދި ފަހަރުގައި، އާޔަތުގެ ޙުކުމް ނަސްޚުވެފައި، […]
އަހަންނަކީ ބާއްޖަވެރިއެއްކަން ދެނެގަންނާނީ ކިހިނެތް؟
ޙައްޤުގޮތުގައި ބާއްޖެރިވެއްޖެމީހެއްގެ ކިބައިގައި ތިން ކަމެއް ހުންނާނެއެވެ. އެއީ: ނިޢުމަތެއް ލިބުމުން ޝުކުރުކުރުމާއި މުޞީބާތެއް ޖެހުމުން ކެތްތެރިވުމާ އަދި ފާފައެއްކުރެވުމުން ފާފަފުއްސެވުމަށް އެދިދެންނެވުމެވެ.