[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 5

ޤަވާޢިދު: نَسْخُ الكِتَابِ بِالسُّنَّةِ جَائِزٌ މި ޤަވާޢިދުގެ ތަރުޖަމާ: {ސުންނަތުން ޤުރުއާން ނަސްޚުވުން ޖާއިޒު} މި ޤަވާޢިދުގެ މުރާދު: ސުންނަތުން ޤުރުއާން ނަސްޚުކުރެވުމީ ޖުމްލަގޮތެއްގައި ވެދާނެކަމެކެވެ. އެހެނީ، ޞައްޙަ ނަބަވީ ސުންނަތަކީ ޤުރުއާންފަދައިން ﷲ ތަޢާލާގެ ޙަޟްރަތުން އައިސްފައިވާ ވަޙީއެވެ. އެ ދޭތީގެ ވެސް މަޞްދަރަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމުގައިވާތީ، ސުންނަތުން ވެސް ޤުރުއާން ނަސްޚުކުރެވިދާނެއެވެ. މިއީ، ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތެވެ. އަދި އެ ބޭފުޅުން މިސާލެއްގެ ގޮތުން، މައިންބަފައިންނަށް ވަޞިއްޔަތްކުރުމާގުޅޭ އާޔަތް […]