ތުއްތު ކުއްޖެއް ކިނބިއްސެއް އަޅައިފިނަމަ އެކުއްޖާގެ ބަދަލުގައި الحمد لله ކިޔަން ޖެހޭނެތޯއެވެ؟

ﷲއަށް ޙަމްދުކުރާ މުސްލިމް އަޚާގެ މައްޗަށް ވާ ޙައްޤަކީ ކުޑައެއް ބޮޑެއް ތަފާތުކުރުމެއް ނެތި އަދާކޮށްދޭންޖެހޭ ޙައްޤެއްކަމުން، ކުޑަކުއްޖަކު ވިޔަސް އެކުއްޖާ ޙަމްދުކޮށްފިނަމަ يرحمك الله ކިޔަންޖެހޭނެއެވެ.