ހެޔޮ ކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާމީހާއަށް އުނދަގޫކުރަން ފެށުމުން ޢަމަލުކުރަންވީ ކިހިނެތް؟
![](https://dhisalafiyyah.net/wp-content/uploads/2017/02/heyokan-kamah-amurukoh-munkaraai-nahee-kuraa-meehaa-ah-undhagookurun.jpg)
ހެޔޮކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާމީހާއަށް އުނދަގޫތައް ފޯރުމަކީ ހިނގާފާނެކަމެކެވެ. ފަހެ އެކަމުގެ މަތީގައި ޤާއިމުވެ ހުންނަ މީހަކު ދަންނައެވެ. އެމަގުން ހިނގާފައި ދިޔުމުގައި ފަސްނުޖެހޭށެވެ. ފަހެ އެއީ އަޅުކަމެކެވެ. އަދި އެކަން އަދާކުރުމަކީ އީމާންކަމުގެ މޭވާތަކުގެ ތެރެއިން މޭވާއެއްވެސް މެއެވެ.