ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 33
33ވަނަ ޤަވާޢިދު (ޖުމްލަ 60): رِوَايَةُ الأَحْفَظِ رَاجِحَةٌ عَلَى رِوَايَةِ مَنْ لَيْسَ كَذَلِكَ މި ޤަވާޢިދުގެ ތަރުޖަމާ: {ހިތުދަސްކުރުމުގެ ބާރުގަދަ ރާވީގެ ރިވާޔަތް، އެހެން މީހުންގެ ރިވާޔަތުގެ މައްޗަށް ރާޖިޙުކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ދެ ޙަދީޘެއް ތަޢާރުޟުވެފައިވާއިރު، އެ ތަނުން އެއް ޙަދީޘް ރިވާކުރި ރާވީންނަކީ އަނެއް ޙަދީޘް ރިވާކުރި ރާވީންނަށްވުރެ ހިތުދަސްކުރުމުގެ ބާރުގަދަ ރާވީންކަމުގައިވާނަމަ، ހިތުދަސްކުރުމުގެ ބާރުގަދަ ރާވީންގެ ރިވާޔަތް އަނެއް ރިވާޔަތުގެ މައްޗަށް އިސްކުރެވޭނެއެވެ. ސަބަބަކީ، ރާވީގެ ހިތުދަސްކުރުމުގެ ބާރުގަދަވުމީ […]