ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 34
34ވަނަ ޤަވާޢިދު (ޖުމްލަ 60): رِوَايَةُ مُتَأَخِّرِ الإِسْلَامِ أَرْجَحُ މި ޤަވާޢިދުގެ ތަރުޖަމާ: {ފަހުން އިސްލާމްވީ ބޭފުޅާގެ ރިވާޔަތް ރާޖިޙުކަން ބޮޑު} މި ޤަވާޢިދުގެ މުރާދު: ދެ ޚަބަރެއް ތަޢާރުޟުވެފައިވާއިރު، އެ ތަނުން އެއް ޚަބަރު ރިވާކުރި ރާވީއަކީ އަނެއް ރާވީއަށްވުރެ ފަހުން އިސްލާމްވީ ބޭފުޅެއް ކަމުގައިވާނަމަ، ފަހުން އިސްލާމްވީ ބޭފުޅާގެ ރިވާޔަތް އިސްކުރެވޭނެއެވެ. ސަބަބަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން އެންމެ ފަހުން އެނގެންއޮތީ އެ ގޮތް ކަމުގައިވާތީއެވެ. މިއީ، ޝާފިޢީންނާއި، […]