ދޮގުހެދުމުގެ ނުބައިކަން
ދޮގުވެރިކަމަކީ މުނާފިޤުކަމަށް މަގުފަހިކޮށްދޭކަމެކެވެ. އަދި އެއީ އެކަމުގެ އަސާސެވެ. އަދި އެއީ ގޮތްކުޑަ މީހުންގެ އެންމެ ޚާއްޞަ ސިފައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ)) [متفق عليه] މާނައީ: “މުނާފިޤުންގެ ތިން ޢަލާމަތެއްވެއެވެ. ވާހަކައެއް ދައްކައިފިނަމަ ދޮގުހަދާނެއެވެ. އަދި ވަޢުދެއްވެއްޖެނަމަ ޚިލާފުވާނެއެވެ. އަދި އަމާނަތެއް ހަވާލުކޮށްފިނަމަ ޚިޔާނާތްތެރިވާނެއެވެ.” އާދަމުގެފާނާއި ޙައްވާގެފާނު ސުވަރުގެއިން ނެރެލެވުނީވެސް އެދެބޭކަލުންނަށް އިބިލީސް ހެދި […]