ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 42
42ވަނަ ޤަވާޢިދު (ޖުމްލަ 60): التَّخْصِيْصُ أَوْلَى مِنَ النَّقْلِ މި ޤަވާޢިދުގެ ތަރުޖަމާ: {ނަޤްލުކުރުމަށްވުރެ ތަޚްޞީޞްކުރުން އައުލާކަން ބޮޑު} މި ޤަވާޢިދުގެ މުރާދު: ތަޚްޞީޞްކުރުމާއި ނަޤްލުކުރުމުގައި ފުށުއެރުމެއް އުފެދިއްޖެނަމަ، އެބަހީ: ވަކި ލަފްޒަކާމެދު އެ ލަފްޒަކީ ޢާއްމުކަން ޚާއްޞަކުރާ އެއްޗަކަށްވުމާމެދު ނުވަތަ ނަޤްލުކުރާ އެއްޗަކަށްވުމާމެދު ދެކޮޅަށް ކިރޭހާލު އިޙްތިމާލުއުފެދިއްޖެނަމަ، ތަޚްޞީޞްކުރާ އެއްޗަކަށް ވާނެކަމަށް ތަރުޖީޙުދެވޭނެއެވެ. ސަބަބަކީ، އެހެން ތަކެތީގެ މައްޗަށް ތަޚްޞީޞް އިސްކުރެވޭނެތީއެވެ. ބަހުގެގޮތުން ބަލާއިރު ނަޤްލުކުރުމަކީ، އެއްޗެއް އެއް ތަނުން އަނެއް ތަނަށް ގެންދިޔުމެވެ. […]