ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 43
43ވަނަ ޤަވާޢިދު (ޖުމްލަ 60): التَّخْصِيْصُ أَوْلَى مِنَ الـمَجَازِ މި ޤަވާޢިދުގެ ތަރުޖަމާ: {މަޖާޒްކަމަށް ކަނޑައެޅުމަށްވުރެ ތަޚްޞީޞްކުރުން އައުލާކަން ބޮޑު} މި ޤަވާޢިދުގެ މުރާދު: ތަޚްޞީޞްކުރުމާއި މަޖާޒްކަމަށް ކަނޑައެޅުމުގައި ފުށުއެރުމެއް އުފެދިއްޖެނަމަ، އެބަހީ: ވަކި ލަފްޒަކާމެދު އެ ލަފްޒަކީ ޢާއްމުކަން ޚާއްޞަކުރާ އެއްޗަކަށްވުމާމެދު ނުވަތަ މަޖާޒީ މާނައިގައި ބޭނުންކުރެވިފައިވާ އެއްޗަކަށްވުމާމެދު ދެކޮޅަށް ކިރޭހާލު އިޙްތިމާލުއުފެދިއްޖެނަމަ، ތަޚްޞީޞްކުރާ އެއްޗަކަށް ވާނެކަމަށް ތަރުޖީޙުދެވޭނެއެވެ. ސަބަބަކީ، މަޖާޒްކަމަށް ކަނޑައެޅުމަށްވުރެ ތަޚްޞީޞްކުރުން އައުލާކަން ބޮޑުވީތީއެވެ. މަޖާޒްއަކީ، ލަފްޒެއް އޭގެ އެންމެ އަސާސީ […]