ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 44
44ވަނަ ޤަވާޢިދު (ޖުމްލަ 60): التَّخْصِيْصُ أَوْلَى مِنَ الإِضْمَارِ މި ޤަވާޢިދުގެ ތަރުޖަމާ: {އިޟްމާރުކުރުމަށްވުރެ ތަޚްޞީޞްކުރުން އައުލާކަން ބޮޑު} މި ޤަވާޢިދުގެ މުރާދު: ވާހަކައިގައި ފުށުއެރުމެއް އުފެދިއްޖެނަމަ، އެބަހީ: ޤުރުއާނުން ނުވަތަ ސުންނަތުން ނުވަތަ އެހެން ޝަރުޢީ މަޞްދަރަކުން ނައްޞެއް ފެނި، އެ ތަނުގައި އޮންނަ ވަކި ލަފްޒަކާމެދު އެ ލަފްޒަކީ ޢާއްމުކަން ޚާއްޞަކުރެވިފައިވާ އެއްޗަކަށްވުމާމެދު ނުވަތަ އެ ތަނުގައި އިޟްމާރުއެއް އޮތުމާމެދު ދެކޮޅަށް ކިރޭހާލު އިޙްތިމާލުއުފެދިއްޖެނަމަ، ތަޚްޞީޞްކުރާ އެއްޗަކަށް ވާނެކަމަށް ތަރުޖީޙުދެވޭނެއެވެ. ސަބަބަކީ، މަޖާޒަށްވުރެ […]