އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 13

އެކަލޭގެފާނުގެ ފޮތްތައް އިމާމު ޛަހަބީ މި މަޢޫޟޫގައި ލިޔުއްވާފައިވާ ވާހަކަތައް ކުރުގޮތަކަށް މިތަނުގައި ހިމަނާލާނަމެވެ. ابن الجوزي ވިދާޅުވިއެވެ. “އަމިއްލަ ފޮތްތަކެއް ލިޔުއްވުން އެއީ ރަނގަޅުކަމެއްކަމަށް އިމާމު އަޙްމަދު ދެކެވަޑައިނުގަންނަވައެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅުތަކާއި މައްސަލަތަކާއިމެދު އެކަލޭގެފާނު ދައްކަވާފައިވާ ވާހަކަފުޅުތައް ލިޔުއްވުން އެކަލޭގެފާނު މަނާ ކުރައްވައެވެ. އެފަދައިން އެކަލޭގެފާނު ދެކިވަޑައިގެންނެވި ނަމަ ގިނަވެގެންވާ ލިޔުންތައް އެކަލޭގެފާނަށް ވީހެވެ. އެކަލޭގެފާނު (المسند) ލިޔުއްވިއެވެ. އެފޮތުގައި ތިރީށް ހާސް ޙަދީޘް ވެއެވެ. އަދި އެކަލޭގެފާނު ދަރިކަލުން ޢަބްދުﷲ އަށް ވިދާޅުވާކަމުގައިވެއެވެ: މި މުސްނަދާއިމެދު […]