[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 10

12ވަނަ ޤަވާޢިދު (ޖުމްލަ 189): دَلَالَةُ العَامِّ عَلَى أَفْرَادِهِ ظَنِّيَّةٌ މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމުގެ ދަލާލަތު އޭގެ އަފުރާދުންގެ މައްޗަށް އޮންނަނީ ޡައްނީކޮށް} މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، އެ ޢާއްމުގެ އަފުރާދުންގެ މައްޗަށް ތަޚްޞީޞްއެއް ވަދެފައިނުވާ ޢާއްމުގެ ދަލާލަތު އޮންނާނީ ޡައްނީކޮށެވެ. އެއީ، ތަޚްޞީޞްއަށްފަހު އޮންނަ ޢާއްމުގެ ދަލާލަތު ގޮތަށެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. މީގެ ތެރޭގައި، މާލިކީންނާއި ޝާފިޢީންނާއި ގިނަ ޙަންބަލީންނާއި […]

ފަތުވާ: ނަމާދުގައި ގަނޑު ބަލައިގެން ދުޢާކުރުމުގެ ޙުކުމް

ވަރަށް މަދު ދުޢާއެއް މެނުވީ އަޅުގަނޑަށް ހިތުދަސްވެފައި ނުވެއެވެ. ފަހެ، ގަނޑެއްގައި ބައެއް ދުޢާތައް ލިޔެގެން އެގަނޑު ބަލައިގެން ނަމާދުގައާއި ނަމާދުން ބޭރުގައި ދުޢާކުރުން ހުއްދަވެގެންވޭ ހެއްޔެވެ؟ މީހަކަށް ދުޢާތައް ދަސްވެފައި ނުވާނަމަ، އެ ދުޢާތައް ގަނޑެއްގައި ލިޔެގެން ދުޢާކުރަންޖެހޭ ވަޤުތުތަކުގައި އެދުޢާތައްކުރުމަކީ މައްސަލައެއް ނޫނެވެ.  އެއީ މިސާލަކަށް ރޭގަނޑުގެ (ތިން ބައިން) ފަހުބައިގައާއި ރޭގަނޑުގެ އެކި ވަޤުތުތަކާ އަދި އެނޫންވެސް ވަޤުތުތަކުގައެވެ. ދަތިކަމަކަށް ނުވާނަމަ، އެންމެ ފުރިހަމަ ގޮތަކީ އެދުޢާތައް ހިތުދަސްކޮށްގެން ޚުޝޫޢަތްތެރިކަމާއެކު ކިޔުމެވެ. ނަމާދުގައި […]