ތަޔައްމުމު ކުރާ ގޮތް
![](https://dhisalafiyyah.net/wp-content/uploads/2017/04/thayammum.jpg)
ތަޔައްމުމުކުރާ ގޮތް ތަޔައްމުމު ކުރާ ގޮތަކީ: ފުރަތަމަ ނިޔަތް ގަނެ، ބިސްމިﷲ ކިޔައި، ދެއަތް ތިލައިގެ ބަނޑުފުށުން ބިންގަނޑުގައި އެއްފަހަރު ޖެހުމެވެ. އޭގެފަހުގައި މޫނުގައި އެއްފަހަރު ފުހެލުމެވެ. އަދި އޭގެފަހުގައި ކަނާތު ކުޑަހުޅުން ފެށިގެން އިނގިލިތަކާ ހަމައަށް އަތުގެ ނުފުށުގައި އެއްފަހަރު ފުހެލުމެވެ. އޭގެފަހުގައި ހަމަ މިބީދައިން ވާތު ކުޑަހުޅުން ފެށިގެން ވާތުގެ އިނގިލިތަކާ ހަމައަށް ވައަތުގެ ނުފުށުގައި އެއްފަހަރު ފުހެލުމެވެ. އޭގެ ދަލީލަކީ ޢައްމާރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘެވެ. […]