[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޔައްމުމު ކުރާ ގޮތް

ތަޔައްމުމުކުރާ ގޮތް

 

 

ތަޔައްމުމު ކުރާ ގޮތަކީ:
ފުރަތަމަ ނިޔަތް ގަނެ، ބިސްމިﷲ ކިޔައި، ދެއަތް ތިލައިގެ ބަނޑުފުށުން ބިންގަނޑުގައި އެއްފަހަރު ޖެހުމެވެ. އޭގެފަހުގައި މޫނުގައި އެއްފަހަރު ފުހެލުމެވެ. އަދި އޭގެފަހުގައި ކަނާތު ކުޑަހުޅުން ފެށިގެން އިނގިލިތަކާ ހަމައަށް އަތުގެ ނުފުށުގައި އެއްފަހަރު ފުހެލުމެވެ. އޭގެފަހުގައި ހަމަ މިބީދައިން ވާތު ކުޑަހުޅުން ފެށިގެން ވާތުގެ އިނގިލިތަކާ ހަމައަށް ވައަތުގެ ނުފުށުގައި އެއްފަހަރު ފުހެލުމެވެ. އޭގެ ދަލީލަކީ ޢައްމާރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘެވެ.

((التَّيَمُّمُ ضَرْبَةٌ لِلْوَجْهِ وَالْكَفَّيْنِ)) [رواه أحمد (4/263، وأبو داود برقم 327 وصححه الألباني (الإرواء برقم 161)]

މާނައީ: “ތަޔައްމުމަކީ މޫނާއި ދެއަތް ތިލާގައި ފުހުމެވެ.”

އަދި ޢައްމާރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘުވެސް މެއެވެ.

((إِنَّمَا كَانَ يَكْفِيْكَ أَنْ تَصْنَعَ هَكَذَا )) فَضَرَبَ بِكَفِّهِ ضَرْبَةً عَلَى الْأَرْضِ، ثُمَّ نَفَضَهَا، ثُمَّ مَسَحَ بِهِمَا ظَهْرَ كَفِّهِ بِشِمَالِهِ أَو ظَهْرَ شِمَالِهِ بِكَفِّهِ، ثُمَّ مَسَحَ بِهِمَا وَجْهَهُ [متفق عليه- رواه البخاري برقم 347 ومسلم برقم 367 واللفظ للبخاري]
މާނައީ: “ތިބާ މިފަދައިން ކަންތައްކުޅަނަމަ ފުދޭނެއެވެ.” ދެން އެފަދައިން ޙަދީޘްކުރައްވާ އެކަލޭގެފާނުގެ އަތްތިލައިން ބިންގަނޑުގައި ޖައްސަވާ، އޭގެ ފަހުގައި އަތްތިލަފޮޅާލައްވާ، ކަނާއަތުގެ ކުޑަހުޅުގެ މަތީގައި ވައަތުން އަދި ވައަތުގެކުޑަހުޅުގެ މަތީގައި ކަނާއަތުން ފުއްސަވާ، އޭގެ ފަހުގައި ދެއަތުން މޫނުގައި ފުއްސެވިއެވެ.

 

ތަޔައްމުމުގެ ބާބު ނިމުނީ

 

الفقه الميسر في ضوء الكتاب والسنة

وزارة الشؤون الإسلامية والأوقاف والدعوة والإرشاد- المملكة العربية السعودية