ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 11
13ވަނަ ޤަވާޢިދު (ޖުމްލަ 189): العَامُّ يَجْرِي عَلَى عُمُومِهِ حَتَّى يَرِدَ الـمُخَصِّصُ މި ޤަވާޢިދުގެ ތަރުޖަމާ: {މުޚައްޞިޞެއް ވާރިދުވެއްޖައުމަށްދާންދެން، ޢާއްމު އޭގެ ޢާއްމުކަންމަތީ ހިނގަމުންދާނެ} މި ޤަވާޢިދުގެ މުރާދު: ޢާއްމު ލަފްޒެއް ވާރިދުވެފައިވާނަމަ، އަޞްލަކީ އެ ޢާއްމު ލަފްޒު އޭގެ ޢާއްމުކަމުން ލާޒިމުކުރާ ގޮތުގެ މަތިން އޮތުމެވެ. އެ ޢާއްމު ލަފްޒު ޚާއްޞަކުރާނޭ އެއްޗެއް ވުޖޫދުވެއްޖައުމަށްދާންދެނެވެ. ސަބަބަކީ، އަޞްލަކީ ޢާއްމު ލަފްޒުގެ މައްޗަށް ދަލާލަތުކޮށްދިނުމަށް އެކަށީގެންވާ އެންމެހާ އަފުރާދުން ވެސް އެ ލަފްޒުގައި ޝާމިލުވުން […]