ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 43
45ވަނަ ޤަވާޢިދު (ޖުމްލަ 189): الاِسْتِثْنَاءُ فِي مَعْنَى الشَّرْطِ މި ޤަވާޢިދުގެ ތަރުޖަމާ: {އިސްތިޘްނާ އޮންނަނީ، ޝަރުޠުގެ މާނައިގައި} މި ޤަވާޢިދުގެ މުރާދު: އިސްތިޘްނާއިން ދަލީލުކޮށްދޭ ކަންތައް އޮންނަނީ، ޝަރުޠުން ދަލީލުކޮށްދޭ ކަންތައް އޮންނަ ގޮތަށް އެއްވެސް ތަފާތެއް ނެތިއެވެ. އެހެންކަމުން، އިސްތިޘްނާގައި ޝަރުޠު ކުރުމުގެ މާނަ އެކުލެވެއެވެ. ލިބިފައިވާ ޙުކުމްތަކަށް ބަލާއިރު ވެސް އިސްތިޘްނާއާއި ޝަރުޠަށް ލިބިފައިވަނީ އެއް ބާވަތެއްގެ ޙުކުމްތަކެކެވެ. މި ތަނުގައި އިސްތިޘްނާގެ މުރާދަކީ، ގުޅިގެން އައިސްފައިވާ އިސްތިޘްނާއެވެ. އަދި ޝަރުޠުގެ […]