ބައެއް ޢަމަލު ނުކުރެވުނަސް ހެޔޮ ނިޔަތުގެ ސަބަބުން އެޢަމަލުތަކުގެ ޘަވާބު ލިބިގެންދޭ

ދީލަތިކަމަކީ ޢާލަމުތަކުގެ ވެރިރައްބުގެ ޞިފަފުޅެކެވެ. އަޅާގެ ޤަޞްދުރަނގަޅުވެއްޖެނަމަ، ޢަމަލުކުރުމުގެ ސަބަބުތައް އޭނާއަށް ފަހިނުވެއްޖެނަމަ ޙާލަތެއްގައި ފަހެ އޭނާއަށް އެކަމުގެ އަޖުރުލިބިގެންދެއެވެ. އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ފަޟްލުވަންތަކަމުންނެވެ. ޖާބިރު ބުން ޢަބްދުﷲ رضي الله عنه ވިދާޅުވިއެެވެ. ((إِنَّ بِالْمَدِينَةِ لَرِجَالًا مَا سِرْتُمْ مَسِيرًا، وَلَا قَطَعْتُمْ وَادِيًا، إِلَّا كَانُوا مَعَكُمْ، حَبَسَهُمُ الْمَرَضُ)) [رواه مسلم] މާނައީ: “ހަމަކަށަވަރުން މަދީނާގައި ބަޔަކުވެއެވެ. ތިޔަބައިމީހުން ކުރާ ކޮންމެ ދަތުރެއްގައި އަދި ހުރަސްކޮށްފައިވާ ކޮންމެ ވާދީއެއްގައި […]