ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 44
46ވަނަ ޤަވާޢިދު (ޖުމްލަ 189): الشَّرْطُ يُـخَصِّصُ العُمُومَ މި ޤަވާޢިދުގެ ތަރުޖަމާ: {ޝަރުޠު، ޢާއްމުކަން ޚާއްޞަ ކުރޭ} މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞެއްގައި ޢާއްމު ޞީޣާތަކުންކުރެ ޞީޣާއެއް ވާރިދުވެފައި، އެ ޞީޣާއާ ލުޣަވީ ޝަރުޠެއް ގުޅި، އެ ޢާއްމުކަމުން ލިއްބައިދޭ ޙުކުމް އެ ޝަރުޠުން ޝަރުޠުކުރެވިފައިވާނަމަ، އެ ޝަރުޠަކީ އެ ޢާއްމުކަން ޚާއްޞަކުރާނޭ އެއްޗެއް ކަމުގައި ވާނެތެވެ. މިސާލަކަށް، [أكرِم جميعَ الطلاب إن نجحوا في الاِختبار] (ހުރިހާ ދަރިވަރުންގެ (މަސައްކަތް) ފާހަގަކޮށް […]