[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 60

63ވަނަ ޤަވާޢިދު (ޖުމްލަ 189): لَفْظُ الأَمْرِ حَقِيْقَةٌ فِي القَوْلِ الـمَخْصُوصِ مَـجَازٌ فِي غَيْرِهِ މި ޤަވާޢިދުގެ ތަރުޖަމާ: {އަމުރުގެ ލަފްޒަކީ ޚާއްޞަ ކުރެވޭ ބަސްފުޅުގައި ޙަޤީޤަތެއް، އެހެން ތަކެތީގައި މަޖާޒެއް} މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި [އަމުރު] އެތަކެއް މާނައެއްގައި ބޭނުންކުރެވެއެވެ. އޭގެ ތެރޭގައި، ޚާއްޞަ ކުރެވޭ ބަސްފުޅާއި (އެބަހީ، ކަމެއް ކުރުމަށް އެދުމަށް ދަލީލުކޮށްދޭ ޞީޣާ)، ފިޢުލު ނުވަތަ ހާދިސާއާއި، އެއްޗާއި، ހާލަތާއި ކަންކަމާއި، މަޤްޞަދާއި، ސިފަ އަދި ޙުކުމް ހިމެނެއެވެ. […]