ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 61
64ވަނަ ޤަވާޢިދު (ޖުމްލަ 189): لِلْأَمْرِ صِيْغَةٌ مَوْضُوعَةٌ فِي اللُّغَةِ މި ޤަވާޢިދުގެ ތަރުޖަމާ: {ބަހުގައި ކަނޑައެޅިފައިވާ ޞީޣާއެއް އަމުރަށް ލިބިގެންވޭ} މި ޤަވާޢިދުގެ މުރާދު: ކަމެއް ކުރަން އެދުން ދަލީލުކޮށްދޭ ޞީޣާތަކެއް (ޢިބާރާތްތަކެއް) ޢަރަބިބަހުގައި އަމުރަށް ލިބިގެން ވެއެވެ. އެއީ، މީހަކު އަނެކާއަށް [اِفْعَل] (ކުރާށޭ) ބުނާ ބުނުމެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، އަމުރަށް ޢަރަބިބަހުގައި ވަކި ޞީޣާއެއް ކަނޑައެޅިފައެއް ނުވެއެވެ. އެހެނެއްކަމަކު، […]