[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަބަބުގައި ހިފުމަކީ ވަކީލުކުރުން ނަފީވެގެންދާކަމެއް ނޫން

ސަބަބުތަކަށް މާ ބޮޑަށް ބަރޯސާވުމަކީ މީހާގެ ހިތުގައި އޮންނަ އެއްކައުވަންތަކަމުގެ ޢަޤީދާގައިވާ އުނިކަމެކެވެ. އަދި ސަބަބުތަކަކީ ކަމެއްވުމުގައި ބޭނުން އެއްޗެއްކަމުގައި ނުދެކުމަކީ ސިކުނޑީގެ އުނިކަމެކެވެ. އަދި ސަބަބުތަކަށް އެކީ ފުރަގަސް ދިނުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފުކަމެކެވެ. އެހެންކަމުން އަޅާގެ މައްޗަށް އޮތީ ﷲ ތަޢާލާއަށް ބަރޯސާވެ ސަބަބުތަކަށް ބަރޯސާ ނުވުމެވެ. އަޞްލު ޙަޤީޤަތުގައި ވަކީލުކުރުމަކީ: ސަބަބުތަކުގައި ހިފުމާއެކު ސަބަބުތައް މެދުވެރިކުރައްވާ އިލާހަށް ބަރޯސާވުމެވެ. އަދި އެކަންކަންވަނީ އެއިލާހުގެ އަތްޕުޅުގައިކަން ކަށަވަރުކުރުމެވެ. ފަހެ އެއިލާހު އިރާދަކުރައްވާނަމަ އެކަންކަން ނުވާނެއެވެ. […]