ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 64

67ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمْرُ لَا يَنْحَصِرُ فِي صِيْغَةِ اِفْعَل މި ޤަވާޢިދުގެ ތަރުޖަމާ: {اِفْعَل ގެ ޞީޣާއަށް އަމުރު ހަނިކުރެވިގެން ނުވޭ} މި ޤަވާޢިދުގެ މުރާދު: އަމުރަކަށް ވާނީ ހަމައެކަނި اِفْعَل (ކުރާށޭ) ބުނުމަކުން ނޫނެވެ. އެހެނެއްކަމަކު، ބަހުގެ އުސްލޫބުތަކުގެ ތެރެއިން އަމުރަށް ދަލީލުކޮށްދޭ ކޮންމެ އުސްލޫބަކީ ވެސް އަމުރުގެ މާނަ ލިއްބައިދޭ ޞީޣާއެކެވެ. ދެން ފަހެ، އަމުރު ކުރުމުގެ އުސްލޫބުތަކުގެ ތެރޭގައި އަންނަނިވި އުސްލޫބުތައް ހިމެނެއެވެ. ފުރަތަމަ ގޮތް: ފިޢުލުލްއަމްރު ބޭނުންކުރައްވާފައި […]