ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 65
68ވަނަ ޤަވާޢިދު (ޖުމްލަ 189): أَدْنَى دَرَجَاتِ الأَمْرِ النَّدْبُ أو الإبَاحَةُ މި ޤަވާޢިދުގެ ތަރުޖަމާ: {އަމުރުގެ އެންމެ ދަށް ދަރަޖައަކީ މަންދޫބުކަން ނުވަތަ މުބާޙުކަން} މި ޤަވާޢިދުގެ މުރާދު: ޤުރުއާނާއި ސުންނަތުގައި އަމުރު އެތަކެއް ދަރަޖަތަކެއްގައި އައިސްފައި ވެއެވެ. އެ ދަރަޖަތަކަކީ، ވާޖިބުކަމާއި މަންދޫބުކަމާއި ހުއްދަކަމެވެ. މީގެ ތެރެއިން އެންމެ މަތީ ދަރަޖައަކީ ވާޖިބުކަމެވެ. ދެން، މަންދޫބުކަމެވެ. ދެން، މުބާޙުކަމެވެ. އަމުރުގެ އަޞްލަކީ އޭގެ އެންމެ މަތީ ދަރަޖަކަމުގައިވާ ވާޖިބުގެ ދަރަޖައިގައި އޮތުމެވެ. އެހެންނަމަވެސް، […]
އެއްވެސް ޢަމަލަކީ ކުޑަކަމެއްކަމުގައި ނުދެކޭށެވެ.
ތިބާ ކުރާ އެއްވެސް ހެޔޮ ޢަމަލަކީ ކުޑަކަމެއްކަމުގައި ނުދެކޭށެވެ. އެކަމަކީ ތިބާއަށް ކިތަންމެ ކުޑަކަމެއްކަމުގައި ހީވިޔަސް، އެއީ ތިބާ ސުވަރުގެއަށް ވަނުމުގެ ސަބަބުކަމުގައިވުން އެކަށީގެންވެއެވެ. ހަމައެއާއެކު ތިބާކުރާ އެއްވެސް ފާފައަކީވެސް ކުޑަކަމެއްކަމުގައި ހީނުކުރާށެވެ. އެއީ ތިބާ ނަރައަކަށް ވަންނަންޖެހޭ ސަބަބުކަމުގައިވުން އެކަށީގެންވެއެވެ. ހެޔޮކަމުގެ ހުރިހާ ދޮރެއްގައި ޓަކިޖަހާށެވެ. ސުވަރުގޭގައި ތިބާއަށް ފައިދާކުރާނީ ކޮންކަމަކުންކަމެއް ނޭނގޭނެއެވެ. ފަހެ ހަމަކަށަވަރުން މަގުމަތީގައި މީސްތަކުންނަށް އުނދަގޫވާނޭހެން އޮތް ގޮފިގަނޑެއް އެއްފަރާތްކޮށްގެންވެސް މީހަކު ސުވަރުގެއަށް ވެއްދެވުނެވެ. ތިބާ ބުނާ އެންމެ ކަލިމައަކުން ނުވަތަ […]