مَجَالِسُ شَهْرِ رَمَضَانَ -ދިހަވަނަ މަޖްލިސް

ރޯދައިގެ ވާޖިބު އަދަބުތަކުގެ ތެރެއިން ހަމްދުހުރީ ﷲއަށެވެ. އެއިލާހީ ޚަލްޤުތަކުންނަށް އެންމެ ފުރިހަމަ އަދަބުތަކަށް އިރުޝާދު ދެއްވި އިލާހެވެ. އަދި އެއިލާހު އެބައިމީހުންނަށް، އެއިލާހުގެ ރަޙުމަތުގެ ޚަޒާނާތަކާއި ދީލަތިކަމުގެ ހުރިހާ ދޮރުކޮޅުތަކެއް ހުޅުވާދެއްވިއެވެ. އަދި މުއުމިނުންގެ ވިސްނުން އެއިލާހު އަލިކޮށްދެއްވިއެވެ. ދެން އެއަލިކަމުގެ ސަބަބުން އެބައިމީހުން ޙަޤީޤަތްތައް ހޯދައިގަނެ ޘަވާބާއި ދަރުމައަށް އެދުނެވެ. އަދި އެއިލާހަށް ކިޔަމަންވުމުން ފުރަގަސްދީ އެނބުރި ދިޔަމީހުންގެ ލޯތައް ކަނުކުރެއްވިއެވެ. ދެން އޭގެ ސަބަބުން އެބައިމީހުންނާ އެއިލާހާއި ދެމެދުވާ ނޫރުގެ ދެމެދުގައި […]