مَجَالِسُ شَهْرِ رَمَضَانَ – ތޭރަވަނަ މަޖްލިސް

ޤުރުއަން ކިޔެވުމުގެ އަދަބުތަކުގެ ތެރެއިން ޙަމްދުހުރީ ﷲ އަށެވެ. އެއީ އަޅުކަންކުރާ މީހުން އެފަރާތެއްގެ ޝަރީޢަތަށް ބޯލަނބާ ފަރާތެކެވެ. އެއިލާހުގެ މަތިވެރިކަމަށްޓަކައި އެއިލާހަށް ރުކޫޢުކޮށް ސަޖިދަކުރާ މީހުން ޚުޝޫޢަތްތެރިވެއެވެ. އަދި އެއިލާހަށް މުނާޖާދެންނެވުމުގައި ހުރި ފޮނިކަމަށްޓަކައި ތަޙައްޖަދު ކުރާމީހާ، ނުނިދާ ރޭގަނޑު ހޭލާހުރެއެވެ. އަދި އެއިލާހުގެ ޘަވާބު ހޯދުމަށްޓަކައި ޖިހާދުކުރާ މީހާ، އޭނާގެ ނަފްސު ޤުރުބާންކޮށް ޖިހާދު ކުރެއެވެ. އެއިލާހު ތަޢާލާ ބަސްވަޙީކުރައްވައެވެ. އަދި އެއިލާހުގެ ކަލާމްފުޅު މަޚުލޫޤުންގެ ވާހަކަދެއްކުމާ އެއްވަތަރުވުމުން މަތިވެރިވެ ވޮޑިގެންވެއެވެ. އެއިލާހުގެ ކަލާމްފުޅުގެ […]