ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 70
73ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمرُ المُعَلَّقُ بِشَرطٍ أَو صِفَةٍ لَا يَقتَضِي التَّكرَارَ މި ޤަވާޢިދުގެ ތަރުޖަމާ: {ޝަރުޠަކުން ނުވަތަ ސިފައަކުން އެލުވައިލެވިފައިވާ އަމުރުން، ތަކުރާރުކޮށް ކުރުން ލާޒިމެއް ނުކުރޭ} މި ޤަވާޢިދުގެ މުރާދު: ޝަރުޠެއް ނުވަތަ ސިފައެއް ފުރިހަމަވާންޖެހޭ ގޮތަށް، ނުވަތަ ވަކި ވަގުތެއްގައި ފުރިހަމަކުރަންޖެހޭ ގޮތަށް އޮންނަ އަމުރުން، އެ ޝަރުޠާއި ސިފައާއި ވަގުތު ތަކުރާރުވުމުން އެ އަމުރުވެވޭ ކަންތައް ތަކުރާރުކޮށް ކުރުން ލާޒިމެއް ނުކުރެއެވެ. އެ އަމުރުގެ ލަފްޒުގެ ގޮތުން […]