مَجَالِسُ شَهْرِ رَمَضَانَ – ސަތާރަވަނަ މަޖްލިސް
ޒަކާތުގެ ޙައްޤުވެރިން ޙަމްދުހުރީ ﷲ އަށެވެ. އެއިލާހު ނިކަމެތިކުރައްވައިފި އަޅަކު ވަތިވެރިކުރާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު މަތިވެރި ކުރައްވައިފި އަޅަކު ނިކަމެތިކުރައްވާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު ދެއްވައިފި އެއްޗެއް މަނާކުރާނެ އިތުރު ފަރާތެއް ނުވެއެވެ. އަދި އެއިލާހު ދެއްވުން މަނާކުރައްވައިފިނަމަ ދެއްވާނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެއިލާހު ގުޅުވައިފި ކަމެއް ވަކިކުރާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު ވަކިކުރައްވައިފި ކަމެއް ގުޅުވާނެ ފަރާތެއް ނުވެއެވެ. މަތިވެރިވެގެންވާ، ކަންކަން ތަދުބީރު ކުރައްވައި […]