ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 170
189ވަނަ ޤަވާޢިދު (ޖުމްލަ 189): البَاءُ لِلْإِلْصَاقِ މި ޤަވާޢިދުގެ ތަރުޖަމާ: {البَاءُ ބޭނުންކުރެވެނީ، އިލްޞާޤުގެ މާނައިގައި} މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި، އިބިފިލިޖައްސައިދޭ ب ޙަރުފު އެތަކެއް މާނައެއްގައި ބޭނުންކުރެވެއެވެ. އެ ތަނުން އެންމެ މަޝްހޫރު މާނައަކީ، އިލްޞާޤެވެ. އަދި އެއީ، އެ މާނަތަކުގެ ތެރެއިން އަޞްލު މާނައެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ޢަރަބިބަހުގެ އަޞްލުގައި، ب ޙަރުފު ބޭނުންކުރެވެނީ، އިލްޞާޤުގެ މާނައިގައި ކަމުގައެވެ. އިލްޞާޤަކީ، ދެ މާނައިންކުރެ އެއް މާނަ، އަނެއް […]