އިސްލާމީ ނަޒަރަކުން އިޖުތިމާޢީ ޚިދުމަތްތައް

އިސްލާމްދީނަކީ އިންސާނާގެ ހުރިހާ ބޭނުންތަކެއް ފުއްދައިދޭ ވަރަށްވެސް ޝާމިލު ދީނެކެވެ. މުނިފޫހިފިލުވުމާއި ތިމާ ދިރިއުޅޭ މުޖުތަމަޢުގެ އެހެންމީހުންނާއެކު ވަޤުތުހޭދަކުރަން ބޭނުންވުމަކީ އިންސާނުންގެ ތަބީޢީ ސިފައެކެވެ. ކަން މިހެންހުރުމާއެކު، އިސްލާމްދީނުގައި އިޖުތިމާޢީ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ހިތްވަރުދީފައިވެއެވެ. މުޖުތަމަޢުގެ އެހެންމީހުންނާއެކު ވަޤުތުހޭދަކުރުމަކީ އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ކަމެކެވެ. ރަސޫލާ (صلى الله عليه وسلم) ހަދީސްކުރައްވައިފައިވެއެވެ. ((الْمُؤْمِنُ الَّذِي يُخَالِطُ النَّاسَ وَيَصْبِرُ عَلَى أَذَاهُمْ أَعْظَمُ أَجْرًا مِنْ الْمُؤْمِنِ الَّذِي لا يُخَالِطُ النَّاسَ وَلا يَصْبِرُ […]