ކަނޑުމަތީގައި މަރުވާ މުސްލިމެއްގެ ހަށިގަނޑު ކަނޑުފެއްތުމުގެ ޙުކުމް 1

ހުރިހާ ޒަމާނެއްގައިވެސް މުސްލިމުން ޢަމަލުކޮށްފައިވާ އުޞޫލަކީ މަރުވެފައިވާ މީހުން ބިމުގައި ވަޅުލުމެވެ. ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުގައިވެއެވެ. ﴿مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ﴾ [سورة طه ٥٥] މާނައީ: “ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި ތިޔަބައިމީހުން އަނބުރާ އިޢާދަކުރައްވާހުށީވެސް އެ ބިމަށެވެ. އަދި ދެވަނަފަހަރަށް ތިޔަބައިމީހުން ނެރުއްވާހުށީވެސް އެ ބިމުންނެވެ.” މިއާޔަތުން ދަލީލުކުރަނީ މަރުވެފައިވާ މީހުން ފޮރުވާލުމަށް ޝަރީޢަތުގައިވާ ގޮތަކީ އޭނާ ބިމުގައި ވަޅުލުމެވެ. ފަހެ ބައެއް ޤައުމުތަކުގައި […]