ކަނޑުމަތީގައި މަރުވާ މުސްލިމެއްގެ ހަށިގަނޑު ކަނޑުފެއްތުމުގެ ޙުކުމް 2

އައްޝައިޚް ޞިއްދީޤު ޙަސަން ޚާނު ވިދާޅުވިއެވެ. “މަރުވެފައިވާ މީހާ ވަޅުލުމަކީ ވާޖިބެކެވެ. އެބަހީ: މަރުވެފައިވާ މީހެއްގެ މަސްގަނޑު ވަޅަކަށްލައި ފަސްއެޅުމަކީ ވާޖިބެކެވެ. އެއީ މިނިކާ ޖަނަވާރުތަކަށް އޭނާ ކޮނެގެން ނުނެގޭނެ ގޮތަށް، އޭނާ ރައްކާތެރިވާނެ ގޮތަށެވެ. އަދި ޢާންމުކޮށް އަންނަ ރާޅެއްގައިވެސް އޭނާ ކަޝްފުނުވާނެ ގޮތަށެވެ. އެކަމުގައި ޚިލާފެއް ނުވެއެވެ. އެކަން އިސްލާމީ ޝަރީޢަތުގައި ޝައްކެތްނެތި ޘާބިތުވެފައިވެއެވެ. އަދި ޟަރޫރީކޮށް ކޮންމެހެންވެސް އެނގެންޖެހޭ ކަންކަމުގެ ތެރެއިން ހިމެނޭކަމެކެވެ.” ޝައިޚް އިބްނު ޢުޘައިމީން ވިދާޅުވިއެވެ. މައްޔިތާ ވަޅުލުމަކީވެސް ކިފާޔަތުގެ […]