މާޔޫސްވެ، އުއްމީދު ކަނޑާނުލާ 3

ފާގަތިކަމުގައި އުރެދުންތެރިނުވާށެވެ. ލޯބިވުން،އަދި އުއްމީދުކުރުން އަދި ބިރުވެތިވުން މިއީ އިންސާނުންގެ ޠަބީޢީ ސިފަތަކެކެވެ. އިސްލާމީ އަޤީދާ މި ތިން ސިފައަށްވެސް ވަރަށް ބޮޑަށް ރިޢާޔަތްކުރެއެވެ. މުސްލިމުންގެ އަޤީދާ ގޮވާލަނީ އޯގާވަންތަ އިލާހުގެ ރަޙްމަތަށް އުއްމީދުކުރުމަށެވެ. އަދި އެކަލާނގެ އަޒާބަށް ބިރުވެތިވުމަށެވެ. އަދި ތިމާ އެންމެ ލޯބިވާ ފަރާތަކީ މާތްﷲ ކަމުގައި ހެދުމަށެވެ. އަޅުކަމުގައި ކުރިޔަށްގެންގޮސްދޭ ބާރަކީ މިއެވެ. އަދި އަޅުކަމުގެ ނާރެހަކީވެސް މިއެވެ. މި މަފްހޫމް ތިލަކޮށްދެއްވަމުން އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވަނީ މުއުމިނާ ﷲ ހަޟްރަތަށް […]