[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މާޔޫސްވެ، އުއްމީދު ކަނޑާނުލާ 3

ފާގަތިކަމުގައި އުރެދުންތެރިނުވާށެވެ.

ލޯބިވުން،އަދި އުއްމީދުކުރުން އަދި ބިރުވެތިވުން މިއީ އިންސާނުންގެ ޠަބީޢީ ސިފަތަކެކެވެ. އިސްލާމީ އަޤީދާ މި ތިން ސިފައަށްވެސް ވަރަށް ބޮޑަށް ރިޢާޔަތްކުރެއެވެ. މުސްލިމުންގެ އަޤީދާ ގޮވާލަނީ އޯގާވަންތަ އިލާހުގެ ރަޙްމަތަށް އުއްމީދުކުރުމަށެވެ. އަދި އެކަލާނގެ އަޒާބަށް ބިރުވެތިވުމަށެވެ. އަދި ތިމާ އެންމެ ލޯބިވާ ފަރާތަކީ މާތްﷲ ކަމުގައި ހެދުމަށެވެ. އަޅުކަމުގައި ކުރިޔަށްގެންގޮސްދޭ ބާރަކީ މިއެވެ. އަދި އަޅުކަމުގެ ނާރެހަކީވެސް މިއެވެ. މި މަފްހޫމް ތިލަކޮށްދެއްވަމުން އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވަނީ މުއުމިނާ ﷲ ހަޟްރަތަށް ކުރާ ދަތުރުގައި އޭނާގެ ހިތުގެ މިސާލަކީ ދޫންޏެއްގެ މިސާލެވެ. އެދޫނީގެ ބޮލަކީ ލޯތްބެވެ. އަދި ކަނާތު ވަރަޔަކީ އުއްމީދެވެ. ﷲ ގެ ރަޙްމަތަށް އުއްމީދުކުރުމެވެ. ވާތު ވަރަޔަކީ އެއިލާހުގެ އަޒާބަށް ބިރުވެތިވުމެވެ. މި ތިން ބައި ރަނގަޅަށް ހުންނަ މީހާއީ، ފައްސިޔައިގައި ދަތުރުކޮށްފައިވާ ދޯންޏެއްގެ މިސާލެވެ.

نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ (49)

މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ!

وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ (50)

މާނައީ: “އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب އެއީ، ވޭންދެނިވި عذاب އެއް ކަމަށްވެސްމެއެވެ.”

ސޫރަތުލް ޙިޖުރު 49-50

= ނިމުނީ =