އަހަރެންގެ ގާތްތިމާގެ މީހުން އަހަންނާމެދު ނުބައިކޮށް ހިތަނީ 3
އަދި އެބައިމީހުންކުރާ ނުބައިކަންތައްތަކުގެ ބަދަލުގައި އެބައިމީހުންނަށް އިޙްސާންތެރިވުމުގެ ގޮތުން ކުރެވިދާނެ އިތުރު ހެޔޮކަމެއްވެސް ވެއެވެ. އެއީ ރުޅިމައިތިރިކުރުމެވެ. އެއީ ސުވަރުގެވަންތަވެރިންގެ ސިފައެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾ الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّـهُ يُحِبُّ الْمُحْسِنِينَ ﴿١٣٤﴾ [سورة آل عمران] މާނައީ: “އަދި، ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، […]