[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެންގެ ގާތްތިމާގެ މީހުން އަހަންނާމެދު ނުބައިކޮށް ހިތަނީ 3

އަދި އެބައިމީހުންކުރާ ނުބައިކަންތައްތަކުގެ ބަދަލުގައި އެބައިމީހުންނަށް އިޙްސާންތެރިވުމުގެ ގޮތުން ކުރެވިދާނެ އިތުރު ހެޔޮކަމެއްވެސް ވެއެވެ. އެއީ ރުޅިމައިތިރިކުރުމެވެ. އެއީ ސުވަރުގެވަންތަވެރިންގެ ސިފައެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾ الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّـهُ يُحِبُّ الْمُحْسِنِينَ ﴿١٣٤﴾ [سورة آل عمران]

މާނައީ: “އަދި، ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށެވެ.. (133) އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ .އަދި ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. (134)”

އެބައިމީހުންކުރާ ނުބައިކަންކަމުގެ ބަދަލުގައި ނުބައިކަންތައްތައް ކުރުމުން ރަޙިމުގެ ގުޅުން ޤާއިމުކުރުމުގެ މާތް އަޅުކަން ދޫކޮށްލެވެއެވެ. އަދި ރަޙިމުގެ ގުޅުން ކެނޑުމަށް އެޅޭ ބާރަކަށް އެކަންވެއެވެ. އަދި އެއީ ޝައިޠާނާގެ މަޅީގައި ޖެހުމެވެ.

މީހަކު އައިސް ނަބިއްޔާ ﷺ އަށް ދެންނެވިއެވެ.

އޭ ﷲ ގެ ރަސޫލާއެވެ. ތިމަންގެ ގާތްތިމާގެ ބަޔަކުވެއެވެ. ގާތްތިމާގެ ކަމުގެ ގުޅުން ޤާއިމުކުރާއިރަށް އެބައިމީހުން އެކަނޑާލައެވެ. އަދި އިޙްސާންތެރިވުމުން ތިމަންނައަށް ނުބައިކޮށް ހިތައެވެ. އަދި އެބައިމީހުންކުރާ ކަންތައްތަކަށް ކެތްތެރިވުމުން ތިމަންނައާ ދިމާއަށް އެއްޗެހި ކިޔާ ރުޅިއިސްކުރެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«إِنْ كَانَ كَمَا تَقُولُ، لَكَأَنَّمَا تُسِفُّهُمْ الْمَلَّ، وَلَا يَزَالُ مَعَكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَادُمْتَ عَلَى ذَلِكَ» [رواه أحمد]

މާނައީ: “ތިޔަ ބުނާގޮތަށް ތިކަން ހިނގާނަމަ، އެބައިމީހުންނަށް ތިބާ ހޫނު އަޅި ކާންދޭ ފަދައެވެ. (އެބަހީ: ތިބާގެ ހެޔޮކަމަށް، ނުބައިކަމުން އެބައިމީހުން ބަދަލުދޭނަ އޭގެ ބަދަލު އެބައިމީހުންނަށް ލިބޭނެއެވެ.) އަދި ތިބާއެގޮތުގެ މަތީގައި ހުރިހާ ހިނދަކު، މެދުކެނޑުމެއްނެތި ތިބާއާއެކުގައި ﷲގެ ޙަޟްރަތުން އެހީތެރިއަކު ވާނެއެވެ.”

_______________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް