ޤުރްއާން ހިތުދަސްކުރަން ބޭނުންނަމަ މިކަންކަން ކޮށްލާށެވެ.

އިޚްލާޞްތެރިވާށެވެ. ދުނިޔެވީ އެދުމެއްނެތި ޤުރުއާން ހިތުދަސްކުރަން މަސައްކަތްކުރާ މީހާއަށް މާތްﷲ ތައުފީޤްދެއްވާ، އެކަން ފަސޭހަކޮށްދެއްވާނެއެވެ. މިކަމުން ލިބޭ އުޚުރަވީ ޘަވާބާމެދު ވިސްނާ އެކަން ހަނދާނުގައި ބަހައްޓާނަމަ، އިޚްލާޞްތެރިވާން ފަސޭހަވާނެއެވެ. މިފަދަ ބައެއް ޙަދީޘްތައް މި އަރޓިކަލްގެ ތިރީގައި ހުށައަޅާލާފައިވާނެއެވެ. ތަޤްވާވެރިކަން އިތުރުކޮށް، ފާފަތަކުން ދުރުވާށެވެ. ފާފަކުރާވަރަކަށް ތިމާގެ ހިތުގައި ކަޅު ލައްތަކެއް ޖެހި، ހިތުގެ އަލިކަން ފިލަމުންދާނެއެވެ. މި ދަމިލަތައް ފިލުވޭނީ ޛިކުރުކުރުމުންނާއި، އިސްތިޣްފާރުކުރުމުންނާ އަދި ހެޔޮ ޢަމަލުތައް ކުރުމުންނެވެ. ހެޔޮލަފާ ޞާލިޙް އެކުވެރިން ޚިޔާރުކުރާށެވެ. ޤުރުއާން […]