ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 8

ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަށް ވަފާތެރި ބޭކަލެއްގެ ކަމުގައި ވެވަޑައިގަންނެވިއެވެ: އެކަލޭގެފާނު އެކަނބަލުންގެ އެންމެހާ ޙައްޤުތަކަށް ރައްކާތެރިވެވަޑައިގަންނެވިއެވެ. އަދި އޭގެ އިތުރުން އެކަލޭގެފާނު ވެވަޑައިގެންނެވީ އެކަނބަލުން ނެތް ދުނިޔޭގައިވެސް އެކަނބަލުންނަށް ހެޔޮފުޅު އިޙްސާންތެރި ބޭކަލެއް ކަމުގައެވެ. އެކަނބަލުންގެ މަތިން ހަނދުމަކުރައްވައި ވާހަކަފުޅު ދައްކަވާ ކަމުގައިވަނީނަމަ އެއްވެސް ފޫހިކަމެއް ނެތި އެކަނބަލުންނަށް ތަޢުރީފުކުރައްވައި ފާފަފުއްސެވުމަށް އެދިވަޑައިގެން ދުޢާކުރައްވައެވެ. އެކަން ބަޔާންކުރައްވައި ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ: “ރަސޫލާ صلى الله عليه […]
ޤުރުއާން ހިތުދަސްކުރުމުން ލިބޭ އުޚުރަވީ ޘަވާބު

ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ. «مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ» [رواه الترمذي وصححه الألباني] މާނައީ:”ﷲ ގެ ފޮތުން އެންމެ އަކުރެއްވެސް ކިޔަވައިފި މީހަކަށް ހެޔޮ ކަމެއްވެއެވެ. ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ހެޔޮކަންފަދައެވެ. الم އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއް ނުވަމުއެވެ. […]