ޢިލްމު ހޯދުމަށްޓަކައި ބީރައްޓެހިވުން 1
އަމިއްލަ ރަށާއި ޢާއިލާ ދޫކޮށް ދުރު ހިސާބުތަކަށް ދިޔުމަކީ މީހާގެ ޙަޤީޤީ ސޫރަ ފާޅުވެ އެމީހެއްގެ ކިބައިގައި ހުންނަ ރިވެތި ސިފަތައް ހާމަވާކަމެކެވެ. ބީރައްޓެއްސެއްގެ ގޮތުގައި އުޅުމުން ޙަޔާތުގެ ދަތިތަކަށާއި އުނދަގޫ އިމްތިޙާނުތަކަށް މީހާ ފަރިތަވެއެވެ. އެއީ ޢިލްމުގައި ކުރިއަރާ ދިޔުމުގެ މަދުރަސާއެކެވެ. އަދި އެއީ ޙަޔާތުގައި ލުއިފަސޭޙަކަން ދެމިގެން ނުގޮސްދާނެކަމުގެ ރަނގަޅު ފިލާވަޅެކެވެ. ބީރައްޓެއްސެއްގެ ގޮތުގައި އުޅުމުން ޢާއިލާގެ މީހުންނަށް ބަރޯސާނުވެ އުޅެން ކުދިންނަށް ދަސްވެއެވެ. އަދި އަބަދުމެ އެއްގޮތެއްގައި ދިރިއުޅުމުގެ ކަންކަން ކުރިއަށް ނުދާނެކަންވެސް […]