[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު ހޯދުމަށްޓަކައި ބީރައްޓެހިވުން 1

އަމިއްލަ ރަށާއި ޢާއިލާ ދޫކޮށް ދުރު ހިސާބުތަކަށް ދިޔުމަކީ މީހާގެ ޙަޤީޤީ ސޫރަ ފާޅުވެ އެމީހެއްގެ ކިބައިގައި ހުންނަ ރިވެތި ސިފަތައް ހާމަވާކަމެކެވެ. ބީރައްޓެއްސެއްގެ ގޮތުގައި އުޅުމުން ޙަޔާތުގެ ދަތިތަކަށާއި އުނދަގޫ އިމްތިޙާނުތަކަށް މީހާ ފަރިތަވެއެވެ. އެއީ ޢިލްމުގައި ކުރިއަރާ ދިޔުމުގެ މަދުރަސާއެކެވެ. އަދި އެއީ ޙަޔާތުގައި ލުއިފަސޭޙަކަން ދެމިގެން ނުގޮސްދާނެކަމުގެ ރަނގަޅު ފިލާވަޅެކެވެ. ބީރައްޓެއްސެއްގެ ގޮތުގައި އުޅުމުން ޢާއިލާގެ މީހުންނަށް ބަރޯސާނުވެ އުޅެން ކުދިންނަށް ދަސްވެއެވެ. އަދި އަބަދުމެ އެއްގޮތެއްގައި ދިރިއުޅުމުގެ ކަންކަން ކުރިއަށް ނުދާނެކަންވެސް ދަސްވެއެވެ.

އެކަމާ ބެހޭގޮތުން އިމާމު ޝާފިޢީ ވިދާޅުވިއެވެ.

تَغَرَّب عَنِ الأَوطانِ في طَلَبِ العُلى**** وَسافِر فَفي الأَسفارِ خَمسُ فَوائِدِ

މަތިވެރިކަން ހޯދުމުގައި އަމިއްލަ ރަށާ ބީރައްޓެހިވާށެވެ. އަދި ދަތުރުކުރާށެވެ. ފަހެ ދަތުރުކުރުމުގައި ފަސް ފައިދާއެއްވެއެވެ.
تَفَرُّجُ هَمٍ وَاِكتِسـابُ مَعيشَـةٍ ****وَعِلمٌ وَآدابٌ وَصُحبَةُ ماجِـدِ

އެއީ ހާސްކަންފިލުމާއި ޢާމްދަނީ ހޯދުމާއި ޢިލްމު ހޯދުމާއި އަދަބުވެރިވުމާ އަދި ދީލަތި މީހުންނާ އެކުގައިއުޅުމެވެ.

_________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް