ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 17
![](https://dhisalafiyyah.net/wp-content/uploads/2017/11/Slide6.jpg)
މިމަޢުޟޫގައި އަދި އިތުރަށް ކުރިއަށް ޖެހިލުމަކީ މުހިއްމު ކަމެއް ކަމުގައި ވިސްނޭތީ އިތުރު ދެތިން ފިޔަވަޅު އަޅާލަން ގަސްދުކުރަމެވެ. އޭގެ އެއް ބޭނުމަކީ، ދެމަފިރިންގެ ޢައުރައަށް ބެލުން ފަދަ ކަންކަމަކީ ހިތުގައި ކަޅު ލައް ޖެހި ހިތް ގައު ވާކަމެއް ކަމުގައާއި އެއީ ދެ ލޮލުގެ ފެނުންވެސް ބަލިވެ ގެއްލި ލޯ މުޅިން އަނދިރިވާ ކަމެއް ކަމުގައި ޤަބޫލުކުރުން ފަދަ ބައެއް ކަހަލަ ކުށްހީތައް މުޖުތަމަޢުއިން ފިލުވައިލަ ދިނުމެވެ. ދެންފަހެ ދަންނައެވެ. އިމާމު މާލިކު رحمه الله […]
ބީރައްޓެހިކަމުގައި ހުރި އުނދަގޫތައް 2
![](https://dhisalafiyyah.net/wp-content/uploads/2017/11/beerattehi-kamugai-huri-undhagoothah.jpg)
އިމާމުލް ބުޚާރީ ބީރައްޓެއްސެއްގެ ގޮތުގައި އުޅުއްވި ދުވަސްވަރު، އެކަލޭގެފާނުގެ ޢައުރަ ނިވާކޮށްލެވޭ ވަރުވެސް ބައެއް ފަހަރު ލިބިވަޑައިނުގަންނަވައެވެ. އިމާމުލް ބުޚާރީގެ ބަޔޯގްރަފީ ލިޔުއްވަމުން ޚަޠީބުލް ބަޣްދާދީ ވިދާޅުވިއެވެ.[1] “އުމަރު ބުން އަލްއަޝްޤަރު ވިދާޅުވިއެވެ. ބަޞަރާގައި ޙަދީޘް ލިޔުއްވަން އުޅުއްވިއިރު ދުވަސްތަކެއްވަންދެން ތިމަން ބޭކަލުންނަށް އިމާމުލް ބުޚާރީ ނުފެނުނެވެ. ފަހެ އެކަލޭގެފާނު ހޯދަނިކޮށް ފެނުނީ ގެއެއްގައި ލާނޭ ހެދުމެއް ނެތިފައި އިންނަވަނިކޮށެވެ. އެކަލޭގެފާނުގެ ހުރިހާ މުދަލެއް ހުސްވީއެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި އެއްވެސް އެއްޗެއް ނެތެވެ. ފަހެ ތިމަން ބޭކަލުން […]