[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބީރައްޓެހިކަމުގައި ހުރި އުނދަގޫތައް 2

އިމާމުލް ބުޚާރީ ބީރައްޓެއްސެއްގެ ގޮތުގައި އުޅުއްވި ދުވަސްވަރު، އެކަލޭގެފާނުގެ ޢައުރަ ނިވާކޮށްލެވޭ ވަރުވެސް ބައެއް ފަހަރު ލިބިވަޑައިނުގަންނަވައެވެ.

އިމާމުލް ބުޚާރީގެ ބަޔޯގްރަފީ ލިޔުއްވަމުން ޚަޠީބުލް ބަޣްދާދީ ވިދާޅުވިއެވެ.[1]

“އުމަރު ބުން އަލްއަޝްޤަރު ވިދާޅުވިއެވެ. ބަޞަރާގައި ޙަދީޘް ލިޔުއްވަން އުޅުއްވިއިރު ދުވަސްތަކެއްވަންދެން ތިމަން ބޭކަލުންނަށް އިމާމުލް ބުޚާރީ ނުފެނުނެވެ. ފަހެ އެކަލޭގެފާނު ހޯދަނިކޮށް ފެނުނީ ގެއެއްގައި ލާނޭ ހެދުމެއް ނެތިފައި އިންނަވަނިކޮށެވެ. އެކަލޭގެފާނުގެ ހުރިހާ މުދަލެއް ހުސްވީއެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި އެއްވެސް އެއްޗެއް ނެތެވެ. ފަހެ ތިމަން ބޭކަލުން އެއްވެ އެކަލޭގެފާނަށް ދިރުހަމުކޮޅެއް އެއްކޮށްދިނީމެވެ. އަދި އެކަލޭاعفاعkhuthuގެފާނަށް ހެދުމެއް ގަންދީ، އެކަލޭގެފާނަށް އެދިނީމެވެ. އެއަށްފަހު ތިމަން ބޭކަލުންނާއެކު ޙަދީޘް ލިޔުއްވުމަށް އެކަލޭގެފާނު ވަޑައިގަތެވެ.

އަދި ކިއެއް ހެއްޔެވެ. ކާނޭ އެއްޗެއް ގަންނާނޭ ފައިސާ ނެތިގެން އެކަލޭގެފާނު ބިންމަތިން އެއްޗެތި ހޮވައިގެންވެސް ކައި ހެއްދެވިއެވެ.

އިމާމުލް ބުޚާރީ ވިދާޅުވިއެވެ.

“އާދަމު ބުން އަބީ އިޔާސްގެ އަރިހަށް ޢަސްޤަލާނަށް ތިމަންކަލޭގެފާނު ނުކުމެވަޑައިގެންނެވީމެވެ. ފަހެ ތިމަންކަލޭގެފާނުގެ މުދާތައް ހުސްވިއެވެ. ދެން ތިމަންކަލޭގެފާނު ވިނަ ކައިގެން އުޅުނީމެވެ. އަދި އެކަކު ގާތުވެސް އެވާހަކަ ނުބުނަމެވެ. ފަހެ ތިންވަނަ ދުވަހު ތިމަންކަލޭގެފާނު ނުވެސް ދަންނަ މީހަކު އަތުވެއްޖެއެވެ. އަދި ދީނާރު އަޅާފައިވާ ކޮތަޅެއް ދެއްވިއެވެ. އަދި އޭގެން ޚަރަދުކުރައްވާށޭ އެމީހަކު ބުންޏެވެ.”[2]

______________________

[1] تاريخ بغداد 2/13

[2] طبقات الشافعية الكبرى 2/227

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް