ބީރައްޓެހިކަމުގައި ހުރި އުނދަގޫތައް 3
ޢިލްމު ޙާޞިލުކުރައްވަން އުޅުއްވިއިރު އަބޫ ޙާތިމު އަށް ދިމާވި އުނދަގޫތައްވެސް އެކަލޭގެފާނު ކިޔައިދެއްވިއެވެ. ވިދާޅުވިއެވެ. “(ހިޖުރައިން) 214ވަނަ ބަޞަރާގައި 8 މަސް ދުވަސް ތިމަންކަލޭގެފާނު މަޑުކުރީމެވެ. ތިމަންކަލޭގެފާނު ބޭނުންވީ އެއް އަހަރު މަޑުކުރާށެވެ. ފަހެ ތިމަންކަލޭގެފާނުގެ ފައިސާ ހުސްވުމުން ތިމަންކަލޭގެފާނުގެ ހެދުންތައް ވިއްކީމެވެ. ހެދުންތައް ހުސްވުމުން، ތިމަންކަލޭގެފާނުގެ އަތްމަތި އެކީ ހުސްވީއެވެ. ތިމަންކަލޭގެފާނުގެ އެކުވެރިއަކާއެކު ކޮންމެ ދުވަހަކުވެސް ޝައިޚުންގެ އަރިހަށް ދިޔައީމެވެ. އަދި އުނގެނުމުގައި ހަވީރު ވަންދެން އުޅުނީމެވެ. ފަހެ އެއެކުވެރިޔާ ދިޔުމުން ތިމަންކަލޭގެފާނު ގެއަށް އައިސް […]