ﷲ އަށްޓަކައި އުޚުއްވަތްތެރިވުން 2
![](https://dhisalafiyyah.net/wp-content/uploads/2017/11/allah-ah-takaa-ukhuhvaitherivun.jpg)
ﷲ އަށްޓަކައިވާ ލޯތްބަކީ އަމާންކަން ލިބިގެންވާ އެއްޗެކެވެ. އެކަންވަނީ އެންމެހާ އޮޅުވާލުންތަކުން އެއްކިބާވެގެންނެވެ. އަދި ޚިޔާނާތްތެރިކަމާއި ނިކަމެތިކޮށްލުމުންވެސް އެކަންވަނީ ދުރުހެލިވެގެންނެވެ. ނުވިސްނާ ހުއްޓާ ނުރައްކަލެއް ކުރިމަތިކޮށްފާނެކަމަށް އެކަމުގައި ބިރުވެތިވާކަށް ނުޖެހޭނެއެވެ. އަދި ދުނިޔަވީ މަޞްލަޙަތުތަކެއް އޭގައި ފޮރުވިފައި ނުވާނެއެވެ… ﷲ އަށްޓަކައި މީހުންދެކެ ލޯބިވުމަކީ ނުހަނު ފަސޭޙަ އަޅުކަމެކެވެ. އަދި އެއީ ހިތްހަމަޖެހުމާއި އެކަނިވެރިކަން ފިލުންވެސް އޭގައި އެކުލެވިގެންވާ ކަމެކެވެ. އީމާންކަން އިތުރުވާ ވަރަކަށް އެކަންވެސް އިތުރުވެއެވެ. އަދި ނަސޭޙަތްތެރިވުމާއި ސިއްރު ރައްކާތެރިކޮށްދިނުމާއި ތިބާގެ އަޚާއަށް ފައިދާކޮށްދިނުމާ […]