[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ އަށްޓަކައި އުޚުއްވަތްތެރިވުން 2

ﷲ އަށްޓަކައިވާ ލޯތްބަކީ އަމާންކަން ލިބިގެންވާ އެއްޗެކެވެ. އެކަންވަނީ އެންމެހާ އޮޅުވާލުންތަކުން އެއްކިބާވެގެންނެވެ. އަދި ޚިޔާނާތްތެރިކަމާއި ނިކަމެތިކޮށްލުމުންވެސް އެކަންވަނީ ދުރުހެލިވެގެންނެވެ. ނުވިސްނާ ހުއްޓާ ނުރައްކަލެއް ކުރިމަތިކޮށްފާނެކަމަށް އެކަމުގައި ބިރުވެތިވާކަށް ނުޖެހޭނެއެވެ. އަދި ދުނިޔަވީ މަޞްލަޙަތުތަކެއް އޭގައި ފޮރުވިފައި ނުވާނެއެވެ…

ﷲ އަށްޓަކައި މީހުންދެކެ ލޯބިވުމަކީ ނުހަނު ފަސޭޙަ އަޅުކަމެކެވެ. އަދި އެއީ ހިތްހަމަޖެހުމާއި އެކަނިވެރިކަން ފިލުންވެސް އޭގައި އެކުލެވިގެންވާ ކަމެކެވެ. އީމާންކަން އިތުރުވާ ވަރަކަށް އެކަންވެސް އިތުރުވެއެވެ. އަދި ނަސޭޙަތްތެރިވުމާއި ސިއްރު ރައްކާތެރިކޮށްދިނުމާއި ތިބާގެ އަޚާއަށް ފައިދާކޮށްދިނުމާ އަދި ގެއްލުން އެއްކިބާކޮށްދިނުމުންވެސް އެކަން އިތުރުވެއެވެ.

އަދި އެ ލޯބި ސާފުސީދާވެގެންދަނީ ވާހަކަދެއްކުމުގައި ތެދުވެރިވުމުންނާއި ޙަސަދަވެރިކަން ދޫކޮށްލުމުންނާއި މަކަރުހެދުމާ އަދި ބަދަލުހިފުމުން އެއްކިބާވުމުންނެވެ. އެލޯބީގެ ތެދުވެރިކަމުގެ ހެއްކަކީ ވަފާތެރިކަމާއި އަމާނާތްތެރިކަމާ އަދި ހަދިޔާ ބަދަލުކުރުން އޭގައި ހިމެނުމެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((تَهَادُوا تَحَابُّوا)) [رواه البخاري في الأدب المفرد]

މާނައީ: “ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ހަދިޔާ ބަދަލުކުރާށެވެ. އޭރުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާނެއެވެ.”   

_____________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް