[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 24

އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން އެކަލޭގެފާނަށް ޒިޔާރަތް ކުރެއްވުމަށް ވަޑައިގެންނެވުމުން އެކަނބަލުންނަށް އިސްތިޤުބާލު ކުރައްވައްވައެވެ: އެއްރެއަކު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ޞަފިއްޔާ رضي الله عنها ޒިޔާރަތް ކުރެއްވި ޙާދިޘާ ބަޔާންކުރައްވައި އެކަމަނާ ރިވާރެއްވިއެވެ. “ﷲ ގެ ރަސޫލާ صلى الله عليه وسلم އިންނެވީ އިޢުތިކާފަށެވެ. ފަހެ ތިމަން ކަމަނާ އެއް ރެއަކު އެކަލޭގެފާނަށް ޒިޔާރަތް ކުރެއްވީމެވެ. އަދި ވާހަކަ ދެއްކެވީމެވެ. އެއަށްފަހު ތިމަން ކަމަނާ (ގެކޮޅަށް ދިއުމައްޓަކައި) ތެދުވެވަޑައިގެން އެނބުރިވަޑައިގެންނެވީމެވެ. […]

މޭވާކެނޑުމުގައި އަވަސްއަރުވާ ނުލުން 2

ބައެއް ޢިލްމުވެރިން، ބައެއް ފޮތްތަކާއެކު ގިނަ އަހަރުތަކަށް ހޭދަކުރައްވައެވެ. އިބްނު ޙަޒަމް ވިދާޅުވިއެވެ.[1] “ތިމަންކަލޭގެފާނުގެ އެފޮތާއެކު، ތިމަންކަލޭގެފާނުގެ ޢުމުރުގެ ބޮޑުބައެއް ހޭދަކުރެއްވީމެވެ.” އެކަލޭގެފާނު އިޝާރާތްކުރައްވާފައި އެވާ ފޮތުގައިވަނީ 80 ޞަފްޙާއެވެ. އަދި އިބްނު ހަޖަރުވަނީ ޞަޙީޙުލް ބުޚާރީގެ ޝަރަޙަކަމުގައިވާ ފަތުޙުލް ބާރީ ލިޔުއްވުމުގައި 25 އަހަރު ހޭދަކުރައްވާފައެވެ. ދަޢުވަތުދޭމީހާ، އެމީހެއްގެ ދަޢުވަތުގެ މޭވާއަކީ އިޖާބާދޭމީހުން ގިނަވުންކަމުގައި ނުހަދާށެވެ. އަދި ކިއެއްހެއްޔެވެ. އެބައިމީހުންގެ މަސައްކަތަކީ ބަޔާންކުރުމާއި ދަޢުވަތުދިނުމެވެ. ހިދާޔަތުގެ މަގަށް އެނބުރުމާއި ހިތްތައް ބަދަލުކުރުމަކީ އެބައިމީހުންގެ އަތްމަތީގައިވާކަމެއް ނޫނެވެ. […]