ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 38

އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ ކަރުނަފޮދު އެކަލޭގެފާނުގެ އަތްޕުޅުން ފޮހެދެއްވާ ކަމުގައިވިއެވެ: ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބި ކަނބަލުންނާ އެކަލޭގެފާނުގެ އަރިހުގައި ޙައްޖު ކުރެއްވިއިރު ޤާފިލާގެ ތެރެއިން މީހަކު އައިސް ހުރިހާ އަނބިކަނބަލުންގެ ޖަމަލުތަކާއިގެ އަސްވައަވަހަށް ހިނގައިގަތެވެ. ނަމަވެސް ޞަފިއްޔާ رضي الله عنها ގެ ޖަމަލު އެހިނދު ބަނޑުޖެހިއެވެ. ފަހެ ޞަފިއްޔާ رضي الله عنها އަށްވުރެ އެހެން ހުރިހާ އަނބިކަނބަލުން ޖަމަލާއެކު ކުރިއަރައިވަޑައިގެން ދިޔުމުގެ ސަބަބުން އެކަމަނާ ކީރިތިކުރައްވަން ފެއްޓެވިއެވެ. އެހިނދު […]
މުޞީބާތްތަކަށް ކެތްތެރިވުން 1

އިންސާނާއަށް އޭނާގެ ޙަޔާތުގައި ފިތުނަތަކާއި އުނދަގޫތަކާއި އިމްތިޙާނުތަކާ އަދި މުޞީބާތްތަކާ ކުރިމަތިވާނެއެވެ. ޠާހިރުކުރެއްވުމާއި ސާފުކުރެއްވުމާއެކު މެނުވީ އީމާންކަމުގެ ނޫރަށް އާރޯކަން ނުލިބޭނެއެވެ. އަދި ޔަޤީންކަން ހިތުގައި ބިންވަޅު ނުނެގޭނެއެވެ. ދިރިއުޅުން ބިނާވެގެންވަނީ ދަތިތަކާ ކުރިމަތިލުމާއި ނުރައްކާތައް ގިރާކުރުމުގެ މަތީގައެވެ. އިމްތިޙާނުތަކާއި ތަދުތަކުން ދުރުހެލިވުމަށް އެކަކުވެސް އުންމީދު ނުކުރާ ހުށިކަމެވެ. އެހެނެއްކަމަކު މަދުންވިޔަސް އަދި ގިނައިން ވިޔަސް އެކަން ކުރިމަތިވާނެއެވެ. އިބްނުލް ޖައުޒީ ވިދާޅުވިއެވެ. ” އަބަދުމެ ސަލާމަތުން ހުރުމަށް އެދޭމީހާ އަދި ޢަދާވާތްތެރިންގެ މައްޗަށް އަބަދުމެ ނަޞްރުލިބޭނެކަމަށް […]